ސެމީ ފައިނަލުގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރިހޯދައި ޗެލްސީ އެފްއޭ ކަޕް ގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ގޯލް 65 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ލޮފްޓަސް ޗީކް އެވެ. 76 ވަނަ މިނެޓް ގައި ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ އެޓީމަށް ލީޑުފުޅާކޮށްދިނީ މޭސަން މައުންޓެވެ. މިއީ ޓިމޯ ވާނާ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

Ad
rt

މިއީ އެފްއޭ ކަޕް ފައިނަލަށް ޗެލްސީ ޖެހި ޖެހިގެން ދަތުރު ކުރި 3 ވަނަ ފަހަރެވެ. އެންމެ ފަހުން ކުޅުނު ދެ ފައިނަލްގައިވެސް ޗެލްސީ ވަނީ ބަލިވެފައެވެ. ފާއިތުވީ ސީޒަނުގެ އެފްއޭ ކަޕުގެ ފައިނަލުގައި ޗެލްސީ ލެސްޓަރ ސިިޓީ އަތުން 0-1 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އަދި އޭގެ ކުރީ މުބާރާތުގެ ފައިނަލުގައި ޗެލްސީ ވަނީ އާސެނަލް އަތުން ބަލިވީ 1-2 ނަތީޖާއިންނެވެ.

މިފަހަރު ފައިނަލް ގައި ޗެލްސީ އާއި ދެކޮޅަށް ނުކުންނާނީ ސިޓީ ބަލިކޮށްފަ އައި ލިވަޕޫލްއާ ދެކޮޅަށެވެ. އެންމެ ފަހުން އެފްއޭކަޕް ފައިނަލްގައި މި ދެޓީމް ކުޅެފައިވަނީ 2012 ވަނަ އަހަރުއެވެ. އެފަހަރު ލިވަޕޫލް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޗެލްސީ އެވެ. މިއީ އެންމެ ފަހުން އެފްއޭ ކަޕްގެ ފައިނަލްގައި ލިވަޕޫލް ކުޅުންފަހަރެވެ. އެންމެފަހުން އެފްއޭ ކަޕްގެ ތަށި ލިވަޕޫލްއަށް އުފުލާލެވިފައިވަނީ މީގެ 16 އަހަރު ކުރިން 2006 ވަނަ އަހަރުއެވެ.

ވެސްޓް ހަމް ބަލިކޮށް އެފަހަރު ޗެމްޕިއަންކަން ލިވަޕޫލް ހޯދީ ޕެނަލްޓީގައި 3-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. ލީގްކަޕް ފައިނަލްގައިވެސް މިފަހަރު ކުޅުނު މި ދެޓީމް ބައްދަލުކުރާ އެފްއޭ ކަޕް ފައިނަލް މެޗް އޮންނާނީ އަންނަމަހު 14 ގައެވެ.