އެކި މީހުން “މިލްކް ކޭކް” އަޅަނީ ތަފާތު އެކި ގޮތް ގޮތަށެވެ. މިއަދު މިކިޔާދެނީ ރޯދަމަހުގެ ސުފުރާ ފަޅުފިލުވާލުމަށް ފަސޭހައިން ތައްޔާރު ކުރެވިދާނެ ގޮތެކެވެ.
މިއީ ކުޑަ ހަރަދަކުން ތައްޔާރު ކުރެވޭ މީރު ކޭކެކެވެ.
ބޭނުންވާ ތަކެތި
1 ޕެކެޓް ވެނީލާ ކޭކް މިކްސް
3 ބިސް
1/3 ތަށި ފެން
1/2 ތަށި ތެޔޮ
ހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް އެއްކޮށްލާށެވެ. ޓްރޭ ސެޓް ކުރުމަށްފަހު އަވަން 180 ހޫނުމިނުގައި 40 މިނެޓު ވަންދެން ފިހެލާށެވެ. އެކި އަވަން ތަކުގައި ފިހެވޭ ވަގުތު ތަފާތު ވެދާނެ އެވެ.
ކްރީމް ތައްޔާރުކުރަން ބޭނުންވާނެ ތަކެތި
4 ތަށި ފުލް ކުރީމް މިލްކް
1/2 ގެރިކިރު
1 ސައިސަމްސާ ވެނީލާ އެސެންސު
50 ގުރާމް ކެޝޫ ނަޓްސް
އެހާ ހިމުން ނުވާވަރަށް ކެޝޫ ނަޓްސްތައް މުގުރާލާށެވެ. އެއަށްފަހު މިލްކް ތަށިތައް ހޫނު ކުރުމަށްފަހު ގެރިކިރާއި އެސެންސު އެއްކޮށްލާށެވެ. ކެއްކި މިލްކުތައް ހިހޫ ވަންދެން ބަހައްޓާށެވެ. މިކަން ކުރާނީ ކޭކު ފިހެވެން ނަގާ ވަގުތުގައެވެ.
ކޭކު އަވަނުން ނެގުމަށްފަހު ހޫނުކޮށް ހުއްޓާ ކެއްކި މިލްކު އަޅާލުމަށްފަހު ފޯކޮށްލާށެވެ. އެއަށްފަހު މައްޗަށް މުގުރާފައި ހުރި ކެޝޫ ނަޓްސްތައް އަޅާލާށެވެ. ބޭނުންނަމަ ވިޕް ކްރީމްވެސް ޖެހިދާނެއެވެ.
ކޭކު ހިހޫވަންދެން ބަހައްޓާލަން ވާނެއެވެ. މީރު ވާނީ ހިހޫވީމަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!