ކިޔޫގައި ތިބެގެން ފިތުރު ޒަކާތް ދައްކަން ދަތުވާ މީހުންނަށް އުރީދޫ މޯލްޑިވްސް އިން ތައާރަފު ކުރި ހިދުމަތަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ހިދުމަތެކެވެ. އެއީ އެ ކުންފުނީގެ ޑިޖިޓަލް ވޮލެޓް އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކެވުމެވެ.

އެ ހިދުމަތް އުރީދޫ އިން ދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. މިއަހަރު ވެސް ގޭގައި ތިބެގެން މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

Ad
rt

އެމްފައިސާއިން ޒަކާތް ދައްކަން ވަރަށް ފަސޭހައެވެ. ލޮގިން ކުރުމަށްފަހު ސާވިސަސް އިން ފިތުރު ޒަކާތް ސެލެކްޓް ކުރުމަށްފަހު ޒަކާތް ދައްކަން ބޭނުންވާ ބާވތަެއް ހިޔާރު ކުރަންވީއެވެ. އެއަށްފަހު ފައިސާ ދައްކަން މައުލޫމާތު ފުރިހަމަ ކުރުމުން ޒަކާތް ދެއްކުނީއެވެ.

އުރީދޫން ބުނީ، ޒަކާތް ދެއްކުމުގެ އިތުރުން ކެންސަރު ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.

އެމް-ފައިސާގެ އެހެނިހެން ހިިދުމަތްތަކުގެ ތެރޭގައި ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުން، އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުން، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވޭނެއެވެ.

އެމްފައިސާއަށް ރަޖިސްޓްރީ ކުރަން އުރީދޫ އެޕް http://ore.do/app ޑައުންލޯޑް ކުރުމަށްފަހު އެމް-ފައިސާ ހިިޔާރުކޮށް ރެޖިސްޓްރޭޝަނަށް ފިއްތާލަންވީއެވެ. އެއަށްފަހު މައުލޫމާތު ފުރިހަމަ ކުރުމަށްފަހު އެކައުންޓް އެކްޓިވޭޓް ކުރެވޭނެއެވެ.

އެމް ފައިސާ ވޮލެޓަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެއެވެ.