ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑް އޮޕަރޭޝަނަށް ގެނެސް ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފިއެވެ.
ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައި ވަނީ މިއަދު ހެނދުނު 9:00 ޖަހާކަންހާއިރުން ފެށިގެންނެވެ. ސްޓެލްކޯއިން ބުނީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި އެ ކުންފުނީގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑްގެ ހިދުމަތް މެދުކެނޑުނީ ކަމަށެވެ.
އެ މައްސަލަ ދިމާވުމުން މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެމުން ގެންދިޔައީ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުމާލެއިންނެވެ.
އެއްވެސް ކަސްޓަމަރަކަށް ކަރަންޓުގެ ހިދުމަތް ލިބިނުލައްވާނަމަ އަޅުގަނޑުމެންގެ 104 ނަމްބަރަށް ގުޅުމަށް ސްޓެލްކޯއިން އެދެއެވެ.
ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!