ކުޅިކޮށް ކާ ކުއްޖަކި ޓެގްކޮށްގެން އުރީދޫ މޯލްޑިވްސްގެ ކަނޑޫދޫ މިރުހުގެ ހޮޓްސޯސް ޕެކް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސޯޝަލް މީޑިއާގައި ހުޅުވާލި އެ ފުރުސަތުގެ ދަށުން ބައިވެރިވެވޭނީ އުރީދޫ އިން އާއްމުކޮށްފައިވާ ޕޯސްޓުގައި ކުޅިކޮށް ކާން ބޭނުންވާ ކުދިން ޓެގް ކޮށްގެންނެވެ. އެގޮތަށް ޓެގް ކުރަން ޖެހޭނީ މަދުވެގެން ދެ ކުދިންނެވެ.

Ad
rt

ޓެގް ކުރާއިރު ކަނޑޫދޫ މިރުސް ހޭޝްޓެގެއްގެ ގޮތުގައި ބޭނުންކުރަން ވާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން އެ ފުރުސަތު ހުޅުވާލައިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:30 އާ ހަމައަށެވެ.

ކަނޑޫދޫ މިރުސް ހޮޓްސޯސް ޕެކަކީ އުރީދޫގެ މިއަހަރުގެ ރޯދަ ކެމްޕޭނުގެ ދަށުން ތައާރަފު ކުރި އުފެއްދުމެކެވެ.