ޗޮކްލެޓް ފަޖް އަކީ ގާތްގަނޑަކަށް 15 ވަރަކަށް މިނިޓުން ތައްޔާރު ކޮށްލެވޭ ފޮނި މީރު އެއްޗެކެވެ.

ދިވެހިންގެ ތެރޭގައި މަގުބޫލު އަދި ރޯދަމަހު ވަރަށް ގިނައިން ސުފުރާމަތިން ފެންނަ ގިނަބަޔެއްގެ ފެވަރިޓެކެވެ.

Ad
rt

ބޭނުންވާ ތަކެތި

  • 1/2 ޕެކެޓް މާރީ ބިސްކޯދު
  • 200 ގުރާމް ކަނަމަދު (ކޮށާފަ)
  • 1 ދަޅު ގެރިކިރު
  • 1/2 މަތިގަނޑު ވެނީލާ އެސެންސު
  • 2 ސަމްސާ ބަޓަރު
  • 1/2 ޕެކެޓް ކޮކޯ ޕައުޑަރ
  • 1 މެދު ސައިޒު ޗޮކުލެޓް

ތައްޔާރުކުރާނެ ގޮތް

ބިސްކޯދުތައް ފުނޑުވާށެވެ. ފުނޑުވާނީ ކޮންމެހެން މާ ހިމުންވާ ވަރަކަށް ނޫނެވެ. ފުނޑުވާނީ މާ ބޮޑެތި އެތިކޮޅު ކޮޅު ނުހުންނަ ވަރަށެވެ.

ކައްކަން ބޭނުންވާ ތެލީގައި ބަޓަރު މެލްޓް ކޮށްލާށެވެ. ދެން ޗޮކުލެޓް މެލްޓުކޮށްލާފައި ގެރިކިރު ދަޅާއި ކޮކޯ އަޅާ ރަނގަޅަށް އެެއްކޮށްލާށެވެ. އޮމާންވަންދެން ހުއްޓާ ނުލާ ހާކަން ވާނެއެވެ.

އެއަށްފަހު ފުނޑުވި ބިސްކޯދު އަޅާލާފައި ހާކަމުން ދާށެވެ. އެންމެ ފަހުން ކަނަމަދާއި އެސެންސު އެއްކޮށްލާފަ ރަނގަޅަށް އެއްކުރަމުން ގެންދާށެވެ. 2 ނުވަތަ 4 މިނެޓް ތެރޭގައި ކެކޭނެއެވެ. ކައްކަންވާނީ މަޑު ގިނީގަ އެވެ.

އެއަށްފަހު ސެޓް ކުރަން ބޭނުންވާ ޓްރޭއަށް އަޅާލާށެވެ. ވަރަށް އަތްމަތި ހަލުވިވާން ޖެހޭނެ އެވެ. ނޫނީ ހިކޭނެ އެވެ.

އެއަށްފަހު ފުރިޖުގައި 2 ގަޑިއިރު ބަހައްޓާށެވެ. ދެން ފުރިޖުން ނެގުމަށްފަހު ގޮޅިކޮށް ކޮށާލީމާ އެހުރީ ކަނަމަދު ޗޮކޮލެޓް ފަޖް ތައްޔާރު ވެފަ އެވެ.