ހަވާދު ހެދުމަށް ބޭނުން ވާ ތަކެތި

1 ކިބަ ކާށި (މެދު ސައިޒު) (އުކުރާފަ ފިހެފައި)
1 ބޮޑު ފިޔާ
4 ލޮނުމެދު 1/2
ގިތެޔޮ މިރުހެއް
1 އިންޗި އިނގުރު
5 ވަރަކަށް ހިކަނދި ފަތް
1 ސަމްސާ ދިރި
1 ސަމްސާ އަސޭމިރުސް
1 ސައި ސަމްސާ ދަވިއްގަނދު
1 ސައި ސަމްސާ ކޮތަންބިރި
1 އިންޗި ފޮނިތޮށި
2 ކާފުރުތޮޅި
2 ކަރަންފޫ
ކުޑަ ރީންދޫ ކޮޅެއް
2 ސަމްސާ ހަނާކުރި ހަވާދު
ރަހަލާވަރަށް ލޮނު

Ad
rt

މި ހުރިހާ އެއްޗެހި އެއްކޮށް އަޅާލާފައި މިކްސްޓަރ އިން ރަނގަޅަށް މުގުރާލާފަ ޕޭސްޓް ހަދާލާށެވެ. މާ ހިކި ނަމަ ފެންފޮދެއް އަޅާލަން ވާނެ އެވެ.

1 ކިބަ ކަނޑު މަސް (ބޮޑު)
50 ގުރާމް ހިކި މޭބިސް ކަދުރު
50 ގުރާމް ކަނަމަދު
2 ރާންބާ ފަތް

ކަނަމަދާއި ހިކި މޭބިސްކަދުރު ހަނާކޮށްލާފައި ހަވާދު ގަނޑާއި އެއްކޮށްލާށެވެ. ރޯލްކޮށްލެވޭހެން މަސް ފަޅާލުމަށްފަހު، މަހުގެ އެތެރެ އަދި ބޭރުގައި ހަވާދު ލާފައި ރޯލްކޮށްލާފައި ރާނބާ ފަތް ކޮޅުން އައްސާލާށެވެ.

ދެން އެއްރޭ ވަންދެން (ނުވަަތަ 4 ނޫނީ 8 ގަޑިއިރު) މެރިނައިޓް ކުރަން މަތި ބަންދު ކޮށްފައި ފްރިޖްގައި ބަހައްޓާށެވެ.

ރިހަ ކެއްކުމަށް ބޭނުން ވާތަކެތި

1 ފިޔާ (ބޮޑު)
4 ލޮނުމެދު
2 ޖޯޑު ބޯކިރު
2 ޖޮޑު ފެން ކިރު
ރަހަލާވަރަށް ލޮނު

ފިޔާ ލޮނުމެދު ހިމުންކޮށް ކޮށާފައި ހަނާކޮށްލާފަ އެއްބައި ނަގާފައި ބޯކިރު ތެރެއަށް އަޅާފަ މަތިޖަހާލާށެވެ. ދެން ހުރި ފިޔާކޮޅު ތެރެއަށް ބާކީ ހުރި ހަވާދު އަޅާފައި ރޯފިލުވާލާށޭވެ.

ރޯފިލުމުން މަސްކޮޅުތައް އަޅާލާފައި ފެންކިރު ފޮދު އެޅުމަށްފަހު މަޑު ގިނީގައި ކައްކާލާށެވެ. ކެކެން ފެށުމުން މަޑުމަޑުން ހާކާލަން ވާނެއެވެ. މާ ބާރަށް ހާކާނަމަ މަސްކޮޅު ހަލާކު ވާނެއެވެ.

ރަނގަޅަށް ކެކިލީމަ ބޯކިރުފޮޑު އަޅާފަ ލޮނު ހޭޔޮވަރުކޮށްލީމައި ހުންނާނީ ރަނގަޅަށެވެ. އެއިރުން އެހުރީ މީރުކޮން ކަނޑު ކުކުޅު ތަޔާރު ވެފައެވެ.

ރޮށި ނޫނީ ބަތާއި އެކު ވެސް ކަމުދާނެއެވެ.