ކުކުޅެއް ރޯސް ކުރުމަކީ އެކަމަށް ހޭދަ ކުރަންޖެހޭ ވަގުތު ގިނަވެފައި ބުރަ މަސައްކަތެކެވެ. ނަމަވެސް މި ރެސިޕީ އަކީ ވަރަށް ފަސޭހަ ރެސިޕީއެކެވެ.
ކުކުޅު ރޯސްކުރަން ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ކުކުޅު ދޮވެފައި ރަނގަޅަށް ފެން ހިއްކައިލާށެވެ. ކުކުޅުގެ ހަން ވަރަށް ރަނގަޅަށް ހިއްކަންވާނެއެވެ. ސީޒަންކުރުމަށް ބޭނުންކުރާ ބާވަތްތައް ހަރުލާފައި ހުންނާނީ ވެސް އޭރުންނެވެ.
ބޭނުންވާ ތަކެތި
- 1400 ގުރާމް ކުކުޅެއް
- 100 ގުރާމް ލޮނުމެދު
- 5 ސައިސަމްސާ ބަޓަރު
- 1 ސައިސަމްސާ މުގުރި އަސޭމިރުސް
- 1 ލުނބޯ
- 2 ކޯޅި ރޯސްމެރީ ލީވްސް
- ރަހަލާވަރަށް ލޮނު
- 2 ސަމްސާ އޮލިވް އޮއިލް
ހަންގަނޑުގެ އެތެރެއަށް ވަޅި ކޮއްޕާލާފައި އެތެރެއިން ފަޔާއި މޭމަތީގައި ޅިޔަ އަޅާލާށެވެ.
ރޯސްމެރީ އާއި ލުނބޯ ފިޔަވާ ދެން ހުރި ހުރިހާ އެއްޗެހި އެއްކޮށްލާފައި މިކްސްޗަރުން ޕޭސްޓް ހަދާލުމަށްފަހު ލުނބޮލުގެ1/2 ފެލައިލާށެވެ. ލޮނުމެދު މުގުރާ އިރު އެހާ ހިމުން ކުރާނެކަމެއް ނެތެވެ.
ކުކުޅުގެ ހަންގަނޑު އެތެރޭގައި ޕޭސްޓް ރަނގަޅަށް ހާކާލާފައި ހަންގަނޑުގެ ބޭރުގައިވެސް ހާކާލާށެވެ. ކުކުޅުގެ ބަނޑު ތެރެއަށް ލޮނުމެދާއި 1/2 ލުންބޯ އަދި ރޯސްމެރީ ލީވްސް ލާފައި 2 ފައި އެއްކޮށް ބަނދެލާފައި މެރިނައިޓް ކުރަން މަތި ނިވާކޮށްފައި ފްރިޖްގައި ބާއްވާށެވެ. މަދުވެގެން 4 ގަޑިއިރު ބާއްވަންވާނެއެވެ. ރަނގަޅީ 12 ގަޑިއިރު ބޭއްވިއްޔާ އެވެ.
ރޯސްޓުކުރަން ބޭނުންވާ ތަކެތި
- 5 އަލުވި (މެދު)
- 2 ކެރެޓް
- 1 ފިޔާ (ބޮޑު)
- 1/2 ލުނބޯ
- 2 ރޯސްމެރީ ލީވްސް
- 50 ގުރާމް ލޮނުމެދު
- ރަހަލާވަރަށް ލޮނު
- 1 ސައިސަމްސާ މުގުރި އަސޭމިރުސް
- 1 ސަމްސާ އޮލިވް އޮއިލް
އަލުވި، ފިޔާ، ކެރެޓް ބޮޑެތިކޮށް ކިއުބްކޮށް ކޮށާލާށެވެ. އެއަށްފަހު ލޮނާއި އޮލިވް އޮއިލް އަދި އަސޭމިރުސް އާ އެއްކޮށްލާށެވެ. ތަވަޔަށް 1 ސަމްސާ ބަޓަރު އަޅާފައި ދިޔާ ވީމައި އޮލިވް އޮއިލް ފޮދެއް އެޅުމަށްފަހު ކުކުޅުގެ މޭމަތި މައްޗަށްވާހެން ބާއްވާށެވެ. ވަށައިގެން ކެރެޓާއި ފިޔާ އަދި އަލުވި އަތުރާލާފައި މަތި ޖަހައިގެން މަޑު ގިނީގައި ފިހެލާށެވެ. ދެފުއްވެސް 30 މިނެޓާއި 45 މިނެޓް ފިހެލަން ވާނެ އެވެ.
އެއަށްފަހު އަވަނުގައި 10 މިނެޓް އާއި 15 މިނެޓް ފިހެލީމަައި ބަދިގެތެރޭގައި މީރުވަސް ދޮވަން ފަށާނެ އެވެ. އެއިރުން އެހުރީ ޖޫސީ ރޯސްޓެޑް ކުކުޅު ތައްޔާރު ވެފައެވެ. އަވައްޓެރިންނަށް ސިއްރެއް ނުވާނެ އެވެ. ރޮށި ނޫނީ ފަރާޓާއާއި އެކު އިންސާފުކޮށްލަން ރަނގަޅު ވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!