މިއީ، ގޭގައި ފަސޭހަކަމާއެކު ކުޑަ ހަރަދަކުން ބަޓަރ ޗިކަން އަވަހަށް ތަޔާރު ކޮށްލެވިދާނެ ގޮތެކެވެ.

ފަރާޓަރ ނުވަތަ ރޮއްޓާއި އެކީ ރޯދަވީއްލާ ގަޑި އާއި ހާރު ގަޑިއަށްވެސް އިންސާފުކޮށްލުމަށް ކަމުދާނެ އެވެ.

Ad
rt

ބޭނުންވާ ތަކެތި

500 ގުރާމް ބޯންލެސް ކުކުޅު
1 ސައި ސަމްސާ މުގުރި އަސޭމިރުސް
1 ސައި ސަމްސާ ޖިންޖަރ ގާލިކް ޕޭސްޓް
1/2 ސައި ސަމްސާ މުގުރި ދިރި
1/2 ލުންބޮލުގެ ހުތް
1 ތަށި ޕްލެއިން ޔޯގަޓް
ރަހަލާވަރަށް ލޮނު

މި ހުރިހާ އެއްޗެހި އެއްކޮށްލުމަށްފަހު، ކުކުޅު 1 އިންޗި ހުންނަވަރަށް ކޮށާލާފަ އެއްކޮށްލާށެވެ. 10 މިނެޓް ވަންދެން މަތި ބަންދުކޮށްފައި މެރިނޭޓް ކުރަން ބަހައްޓާލާށެވެ.

ސޯސް ތައްޔާރުކުރަން ބޭނުންވާ ތަކެތި

5 ޓޮމާޓޯ
ބޮޑު ފިޔަލެއް
4 ލޮނުމެދު
1 އިންޗި ފޮނިތޮށި
2 ކާފުރުތޮޅި
1 ސައި ސަމްސާ އަސޭމިރުސް
1 ސައި ސަމްސާ ދިރި
100 ގުރާމް ކެޝުލް ނަޓްސް
ރަހަ ލާވަރަށް ލޮނު
3 ސައި ސަމްސާ ބަޓަރ

ތައްޔާރު ކުރާ ގޮތް

1 ސައި ސަމްސާ ބަޓަރާއި ކެޝުލް ނަޓްސް މަޑު ގިނީގައި ހަނާ ކޮށްލާފައި ނަގާފައި ވަކިން ބަހައްޓާށެވެ. ހަމަ އެ ތެލީގައި 2 ސައި ސަމްސާ ބަޓަރު އެޅުމަށްފަހު ފިޔަލާއި ލޮނުމެދު ޓޮމާޓޯ ފިޔަވާ ދެންހުރި ހުރިހާ އެއްޗެހި ހަނާކޮށްލާށެވެ.

ބޮޑެތިކޮށް ކިއުބްކޮށް ކޮށާލާފައި ހުރި ފިޔަލާއި ލޮނުމެދު ޓޮމާޓޯ ހަނާ ކޮށްލާށެވެ.

މެރިނޭޓް ކުރަން ބެހެއްޓި ކުކުޅު ކޮޅު، ތަވައެއްގައި (ބަޓަރ ނޫނީ ތެޔޮ އަޅާފަ) މަތިޖަހައިގެން ހަނާ ކޮށްލާށެވެ.

ރަނގަޅަށް ހިހޫވީމައި ކުކުޅު ފިޔަވާ ހުރިހާ އެއްޗެހި ކުޑަ ފެންފޮދެއް އެޅުމަށްފަހު އެއްކޮށް މިކްޗަރުގައި ހިމުން ވަންދެން މުގުރާލާށެވެ. ބޭނުން ނަމަ ރަނގަޅަށް އެއްވުމުން ފުރޭނިޔަކުން ފުރާނާލާށެވެ. ރަނގަޅަށް މިކްސް ކުރެވިފައިވާނަަ ނުފުރޭނިޔަސް ކަމުދާނެއެވެ.

ތައްޔާރު ކުރި ސޯސް ކޮޅާއި އެކު ހަނާކުރި ކުކުޅު ކޮޅު މަޑުގިނީގައި 2 މިނެޓް ވަންދެން ކައްކާލާށެވެ.

މާ ހިކިނަމަ ފެން ފޮދެއް ނުވަތަ ނެސްލޭ ކްރީމް އަޅާފައި ލޮނު ހެޔޮވަރު ކޮށްލާށެވެ. އިތުރަށް ގާރނިސް ކޮށްލަން ބޭނުން ނަމަ މައްޗަށް ކޮރިއެންޑަރ ލީވްސް އަޅާލެވިދާނެއެވެ.