ރިސޯޓެއްގެ ޕެޓްރޯލް ޓޭންކް ކައިރީ މަސައްކަތު އުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދ. އަތޮޅުގައި އޮންނަ ރިސޯޓެއްގެ ޕެޓްރޯލް ޓޭންކެއްކައިރީ މަސައްކަތު އުޅުނު މީހެއް ނިޔާވެގެން ބިންމައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
އެ މީހާ ނިޔާވެގެން ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު 6:54 ހާއިރުއެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭކަންކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!