ހެލްތު މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އިތުރު އެމްބިއުލާންސްތަކެއް ރާއްޖެ ގެެނެސްފިއެވެ.
މިއީ އެމްބިއުލާންސް ބޭނުންވާ ރަށްތަކަށް ފޮނުވަން ހާއްސަކޮށްގެން ގެނައި އެމްބިއުލާންސްތަކެކެވެ. އެގޮތުން 21 އެމްބިއުލާންސް މިއަދު ވަނީ މާލެ ގެނެސްފައެވެ.
މިއީ އެ ކުންފުނިންގެ ގެނައި އެމްބިއުލާންސްގެ ހަތަރުވަނަ ޝިޕްމަންޓެވެ. އެ އެމްބިއުލާންސްވެސް ފޮނުވަން ޖެހޭ ރަށްތަކަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އަތޮޅުތަކުގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވޭ 96 ރަށެއް ފާހަގަކޮށް އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސް ރާއްޖެއަށް ގެނެސް ރަށްތަކާ ހަވާލުކުރަން ސަރުކާރުން އެސްޓީއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.
އެސްޓީއޯ އިން މިހާރު ވަނީ 41 އެމްބިއުލާންސް ރަށްތަކާ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!