އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންއިން މިއަހަރުގެ ރަމަޟާންް މަހާއި ދިމާކޮށްް "ނިޕޯން ރަމަޟާން ބާޒާރު ޕުރޮމޯޝަން" ފަށައިފިއެވެ.
އެސްޓީއޯ ޕެއިންޓް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައި މިޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުއެވެ.
މިޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ ނިޔަލަށެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި 20 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާއިރު، ޕެއިންޓް އައިޓަމް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.
އެ ލަކީޑްރޯގައި ބައިވެރިވެވޭނީ 1000ރ. އިން މތީގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ. ކޮންމެ 1000ރ. ގެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަންއެއް ލިބޭނެއެވެ. ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ފަރާތެއް ހޮވައި، އެ ފަރާތަށް ޝީޝާގެ ސްކޫޕީ ކުލަބް 12 ގެ ސައިކަލެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މީގެ އިތުރުންވެސް މި ޕްރޮމޯޝަންގައި އިތުރު އަގު ހުރި އިނާމްތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
އެސްޓީއޯއިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މިހާރު ނިޕޯން ޝޯރޫމް ހުންނާނީ އާމީނީ މަގުގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަން ވެއ/ހައުސް އިމާރާތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!