އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނ. ހޮޅުދުއަށް ތައާރަފު ކޮށްފިއެވެ.
މިއީ 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫން ދެމުން އަންނަ ހިދުމަތެކެވެ. މި ހިދުމަތަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަ ޚިދުމަތް އެކުލެވޭ މާކެޓްގައި އެންމެ ރަނގަޅު ޕެކޭޖްތައް ހިމެނޭ ހިދުމަތް ވެސް މެއެވެ.
އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އެކުންފުނިން ކެނޑިނޭޅި މަސައްކަތްކުރަމުންދަނީ ރާއްޖޭގެ މުޅި އާބާދީއަށް ފިކްސްޑް ބްރޯޑްބޭންޑް ގެ ޙިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ގިނަ ރައްތަކަކަށް މި ޙިދުމަތް ފޯރުކޮށްދިނުމަށް ރޭވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ހޮޅުދުއަށް ތައާރަފު ކުރި މި ހިދުމަތާއެކު އެ ރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދީފައިވާކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް ދިވެހިންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްޤީއަށް މަންފާވާނެ ފަދަ ޙިދުމަތްތައް ފޯރުކޮށްދިނުމުގައި އެކުންފުނިން ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ އެރުވިއެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބިގެންދެއެވެ.
މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާ ހިދުމަތް ވެސް ވަނީ ތައާރަފުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!