ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލް ސްކޭލް އިމަޖެންސީ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އާ ރަންވޭގައެވެ. އެ ހަރަކާތުގައި ބޯޓެއްގައި އަލިފާން ރޯވެ، އެ ހާލަތުގައި ކަންކަން ކުރާނެ ގޮތަށް އެއާޕޯޓުގެ މުވައްޒަފުން ހަރަކާތްތެރިވާނެއެވެ.

Ad
rt

އެމްއޭސީއެލުން ބުނީ މިފަދަ ހަރަކާތެއް ބާއްވަނީ އެއާޕޯޓަށް ޖައްސަން ދާ މަތިންދާބޯޓެއް ވެއްޓި ނުވަތަ ނުރައްކާތެރި ހާދިސާއެއް ހިނގާ ވަގުތެއްގައި އެއާޕޯޓުގެ އިމަޖެންސީ ޓީމުތައް ތައްޔާރުވެފައިވާ ވަރު ދެނެގަތުން ކަމަށެވެ. އެގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މީހުންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި މިފަދަ އިތުރު ހަރަކާތްތައް ޑިޒާސްޓާ މެނޭޖްމެންޓާ އެކު ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާތަނަށް ހިންގާ އިމަޖެންސީ އެންމެ ބޮޑު އެކްސަސައިޒެވެ. ހަތަރު ގަޑި އިރަށް ކުރިއަށް ގެންދާ މި ހަރަކާތުގައި 28 މުއްސަސާއަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ފުލުހުންނާއި އެމްއެންޑީއެފާއި ގާލްގައިޑާއި ސްކައުޓާއި އެމްޓީސީސީ ހިމެނެއެވެ.

މި ހަރަކާތުގައި 325 ވޮލެންޓިއަރުން ބައިވެރިވާނެއެވެ.