ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންތަކެއް ސްޓެލްކޯއަށް ޒިޔާރަތް ކޮށްފިއެވެ.

އެ ޔުނިވާސިޓީގައި ކިޔަވާ 18 ދަރިވަރަކު ސްޓެލްކޯއަށް ޒިޔާރަތް ކުރީ އިއްޔެއެވެ. އެ ދަރިވަރުން ޒިޔާރަތް ކުރީ ސްޓެލްކޯގެ ހެޑް އޮފީހާއު މާލެ އިންޖީނުގެއަށެވެ.

Ad
rt

އެ ޒިޔާރަތުގައި އެ ދަރިވަރުންނަށް ސްޓެލްކޯއިން ވަނީ އެ ކުންފުންޏާއި، ކުންފުނިން ދެމުންގެންދާ ހިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދީފައެވެ.

ސްޓެލްކޯއަކީ ހަކަތައިގެ ދާއިރާގައި ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏަށްވުމުން އެކުންފުނިން ދޭ ހިދުމަތްތަކަކީ ކިޔަވާ ދަރިވަރުންނަށް ބޭނުންތެރި މައުލޫމާތުތަކެކެވެ.