މިއަދު ހަވީރު 6:00ން ފެށިގެން ތިން ދުވަހަށް އެސްޓީއޯ ސުޕަމާޓް ބަންދު ކުރަން ނިންމައިފިއެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ދެން އެ ފިހާރައިން ހިދުމަތް ދޭނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށެވެ. އެ ދުވަހުން ފެށިގެން ސުޕަމާޓްގެ ހިދުމަތް ދޭނީ ޓްރޭޑް ސެންޓަރުގައި ހުންނަ ޕީޕަލްސް ޗޮއިސް އިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ތިން ދުވަހަށް ފިހާރަ ބަންދު ކުރި ނަމަވެސް އީސްޓޯ މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރި ކުރެވޭނެއެވެ.
އެ ފިހާރަަ ބަންދު ކުރަނީ ރޯދަމަހާ ދިމާކޮށް އެސްޓީއޯގެ ސުޕަމާޓްގެ ޖާގަ މިހާރަށް ވުރެ ތިން ގުނަ ބޮޑުކުރުމަށެވެ. އެކަން ކުރަން އުޅޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، ސުޕަމާޓް ބޮޑުކޮށް، އަލުން ހުޅުވާއިރު އާންމު ވިޔަފާރިތަކަށް ވެސް ވިޔަފާރި ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!