ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭނުން ކުރާ ލަވަ، “ނަލަ ނަލަ ރާއްްޖެ” ނެރެފިއެވެ.

އެ ލަވަ ނެރުނީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ މިޔުޒިކީ ދާއިރާގެ މަޝްހޫރު ތިން ތަރިން ކަމަށްވާ މުހައްމަދު މާޖިދު (މެޒޯ މޯޑް) އާއި އެމޭޒަން ޖޭޑްގެ ވޯކަލިސްޓް އަބްދުއްރަޝީދު (އަބްސީ) އާއި ޒީރޯ ޑިގްރީ އެޓޯލްގެ އަހުމަދު ނާޝިދުގެ ދަރިފުޅު ނިޝް ނާޝިދުއެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ad
rt

މި ލަވައަކީ ޓޫރިޒަމް މިނިސްޓްރީއާއި ރާއްޖޭގެ މިޔުޒިކް ޔޫނިއަނާ ގުޅިގެން ހަދާފައިވާ ލަވައެެކެވެ. ލަވައިގެ ޅެމާއި މިޔުޒިކް ހަދާފައިވަނީ ދި ޓިއުން ބޭންޑުންނެވެ.

މީގެ އިތުރުން ލަވައިގެ ވީޑިއޯ ތައްޔާރު ކުރީ އޯކޭސް އިންނެވެ.

ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރަން ޓޫރިޒަމް މިނިސްޓްރީން އަންނަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ.