ރޯދަމަހާ ދިމާކޮށް އެސްޓީއޯގެ ސުޕަމާޓްގެ ޖާގަ މިހާރަށް ވުރެ ތިން ގުނަ ބޮޑުކޮށް ހުޅުވަން ތައްޔާރު ވެއްޖެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ސުޕަމާޓް ބޮޑުކޮށް، އަލުން ހުޅުވާއިރު އާންމު ވިޔަފާރިތަކަށް ވެސް ވިޔަފާރި ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ.
ހަމައެއާއެކު މިހާރުގެ ހޯމް އިންޕްރޫވްމަންޓް ޓްރޭޑް ސެންޓަރަކަށް ބަދަލު ކުރާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވި ގޮތުގައި އެ ސުޕަމާޓް މި މަހުގެ މެދުތެރޭ ހުޅުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!