ޗައިލްޑްހުޑް އެންޒައިޓީ، އޮބްސެސިވް ކޮމްޕައިލް ޑިސްއޯޑާ (އޯސީޑީ)، އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި ދަތުރުގެ މައްޗަށް ބިނާކޮށް ނޫސްވެރިޔާއަހުމަދު ސާއިލް އަލީ ލިޔެފައިވާ ފޮތް، "އެދުވަސް ގެނެވޭނެ" މޫލީ މެދުވެރިކޮށް އޯޑަތު ކުރެވޭ ގޮތް ހަދައިފިއެވެ.

ދިވެހި ބަހުން ލިޔެފައިވާ މި ފޮތަކީ މެޑިކަލް ރިސާޗްތަކާއި ހަގީގީ ދިރިއުޅުމުގެ ތަޖުރިބާތަކުގެ އަލީގައި ސާއިލް ލިޔެފައިވާ ފޮތެކެވެ. އެ ފޮތުގައި އޭނާ ވަނީ ނަފްސާނީ ބަލިތަކުން ދިމާވާާ ގޮންޖެހުންތަކުން އަރައިގަނެ، އުފާވެރި ދިރިއުޅުމަކަށް ވާާސިލް ވެވޭނެ ގޮތްތަކަށް އަލިއަޅުވާލައިފައެވެ.

Ad
rt

މި ފޮތް ނެރެފައިވަނީ ނޭޝަނަލް ލައިބްރަރީގައި އިއްޔެ ބޭއްވި ހަފްލާއެއްގައެވެ. އެ ހަފްލާގައި ސާއިލް ބުނީ އެފަދަ ފޮތެއް ނެރުމުގެ ބޭނުމަކީ އޭނާގެ ތަޖުރިބާ ހިއްސާކޮށް އެހެން މީހުންނަށް އެހީވުން ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ އެ ކަންވީ ގޮތް ތިޔަ ބޭފުޅުންނާ ހިއްސާކޮށް، ހޭލުންތެރިކަން އިތުރުކޮށް މިފަދަ ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އުފަލާއެކު ހިނިތުންވެލުމަކީ ކުރެވޭނެ ކަމެއްްކަމުގެ އުންމީދާއި ހިތްވަރު ދިނުން." ސާއިލް ބުންޏެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމުގެ ތަޖުރިބާއާއި މައުލޫމާތްތައް އެކުލަަވައިލައިގެން ދިވެހިން ލިޔެވިފައިވާ މިފަދަ ފޮތެއް މޫލީ މެދުވެރިކޮށް ކަސްޓަމަރުންނަށް ފޮރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“ނަފްސާނީ ދުޅަހެޔޮކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ހޭލުންތެރިކަން ބޭނުންވާ މުހިންމު މައުލޫއެއް. އެހެންކަމުން، ސާއިލް ގެ ދަތުރުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މި ފޮތާއެކު މިފަދަ ގޮންޖެހުންތަކާ ކުރިމަތިލައި އެހެން ފަރާތްތަކަށް، އުންމީދާއި ހިތްވަރު އާލާވެ، މި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭނެކަމަށް އުންމީދުކުރަން." ނިޔާޒް ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ގިނަ ކަންތައްތަކެއް ހިއްސާވާއިރު، ސަގާފަތާއި އަދި އެ މުޖުތަމަޢުގެ ދިރިއުޅުމުގެ ވައްޓަަފާޅިއާއި ގަބޫލުކުރާކަންކަަމަކީ ނަފްސާނީ ދުޅަހެޔޮކަމުގައި މުހިންމު ދައުރެއް އަދާކުރާަ ކަންކަމެވެ. ޑރ.ޢާރިފް މުޙައްމަދާއި، ޑރ.ޢަބްދުލް ޢަޒީޒް ޙަމީދު (ޞިއްޙީ މާހިރެއް އަދި ލިޔުންތެރިއެއް) އާއި، އަލްފާޟިލާ ފާޠިމަތު ސައުދާ (ސައިކޮލޮޖީގެ ދާއިރާއިން ބެޗްލަރސް ޑިގްރީ އަދި މާސްޓަރ އޮފް ސައިންސް އިން އެޕްލައިޑް ސައިކޮލޮޖީ) އަދި ރިސަރޗް އެސިސްޓެންޓް އާމިނަތު ނައުޝާ އަޙްމަދު (އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރގެ މެޑިކަލް ސްޓޫޑެންޓް) ފަދަ ތަޖުރިބާކާރު ފަންނުވެރިންގެ ދިރާސާގެ އަލީގައި، މި ފޮތުގައި، ރާއްޖޭގެ މުޖުތަމައު އާއި ނަފްސާނީ ބަލިތަކާ ހުރި ގުޅުމަށްވެސް ވަނީ އަަލި އަޅުވާލައިފައެވެ.

މި ފޮތް މޫލީ މެދުވެރިކޮށް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރ ކޮށްދޭނެއެވެ. ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ކޮންމެވަގުތަކު، ކޮންމެތާކު ހުރެގެންވެސް ފަސޭހަަކާއެކު މޫލީ މެދުވެެިކޮށް ވިޔަފާރިކޮށްލެވޭނެއެވެ.

މޫލީ މެދުވެރިކޮށް "އެދުވަސް ގެނެވޭނެ" އޯޑަރު ކުރަން ބޭނުންވާ މީހުންނަށް ore.do/edhuvas އިން އޯޑަރު ކުރެވޭނެއެވެ.