އެމްޕީއެލްގެ މުވައްޒަފުންނަށް ހާއްސަ ޑޭކެއާ ސެންޓަރެއް ހަދަން ނިންމައިފިއެވެ.

މި ޑޭކެއާ ސެންޓަރު ހަދަން ނިންމާފައިވަނީ އެމްޕީއެލްގެ ބޯޑުންނެވެ.

Ad
rt

އެމްޕީއެލްއިން ބުނީ އަމާޒަކީ ، މުވައްޒަފުންނަށް ވަޒީފާއަށް ނިކުންނަން ޖެހޭ ގަޑިތަކުގައި (ޑިއުޓީ ގަޑިތަކުގައި) ދަރިން ޑޭ ކެއާ ސެންޓަރަށް ގެންދެވި މިހާރު އުފުލަމުންދާ ތަކުލީފުތަކަށް ފަސޭހަކޮށްދިނުން ކަމަށެވެ. އަދި ހުރިހާ މުވައްޒަފުންނަށްވެސް ފަސޭހަ ގޮތްތަކެއް ފަހިކޮށްދޭން މަސައްކަތް ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ޑޭކެއާ ސެންޓަރުގައި މަސައްކަތް ކުރާނީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިވައްޒަފުން ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

އެމްޕީއެލްއިން ބުނީ މި މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށެވެ.