އެވިޑް ކޮލެޖުގެ މިއަހަރުގެ މެއި އިންޓެކްގެ ކޯސްތަކަަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތުގެ ދަށުން ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އެވިޑުން ވަނީ ތުރުކީގެ ދަތުރެއް ހުށަހަޅާފައެވެ.

Ad
rt

މޭ އިންޓޭކަށް ހުޅުވާލުމަށް އެވިޑް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުގެ ޗެއާމަން ޢަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވީ މިއަދުން ފެށިގެން ކޯސްތަކަށް އެޕްލައި ކުރެވޭނެ ކަމަށެވެ. މިހާރު ވެސް ތަފާތު ގިނަ ދާއިރާތަކުން ކޯސްތައް ހިންގާކަން ފާހަގަ ކުރައްވައި މުޝްތާގު ވިދާޅުވީ، އާ ކޯސްތައް ވެސް ރާއްޖޭއަށް ތައާރަފު ކުރަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

އެވިޑް ކޮލެޖުން 70 އަށްވުރެ ގިނަ ކޯސް ހިންގާ އިރު ހުރިހާ ކޯހަކީވެސް އެމްކިއުއޭގެ އެޕްރޫވަލް ލިބިފައިވާ ކޯސްތަކެވެ.

އެ ކޮލެޖްގެ ބިޒްނަސް މެނޭޖްމަންޓް ފެކަލްޓީން ހިންގާ ކޯސްތަކުގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓްގެ އިތުރުން ހިއުމަން ރިސޯސް މެނޭޖްމަންޓާއި އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.
އެ ކޯސްތަކުގައި ބެޗްލާސް އަދި މާސްޓާސް ޕްރޮގްރާމްތައް ވެސް ހިންގާ ކަމަށް އެ ކޮލެޖުން މައުލޫމާތު ދެއެވެ.

ފެކަލްޓީ އޮފް ހިއުމަނިޓީ އެންޑް ސޯޝަލް ސައިންސުން ސައިކޮލޮޖީ އާއި ކައުންސެލިން ކޯސް ހިންގާއިރު، ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަށުން ޕްރައިމަރީ ޓީޗިން އަދި އާލީ ޗައިލްޑްހޫޑް އެޑިއުކޭޝަންގެ އިތުރުން ސްޕެޝަލް އެޑިއުކޭޝަން ކޯސް ވެސް ހިންގައެވެ. އަދި މާސްޓާ އޮފް ލީޑަޝިޕް އެންޑް މެނޭޖްމަންޓް އަދި މާސްޓާ އޮފް އެޑިއުކޭޝަންއާއި އިންކްލޫސިވް އެޑިއުކޭޝަން ވެސް އެ ކޮލެޖުން ހިންގައެވެ.

އެ ކޮލެޖުގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ދަށުން، ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ އާއި ޑިޕްލޮމާއިން ޓީޗިން ޤުރުއާން އަދި މާސްޓާ އޮފް ޓީޗިން އިސްލާމް ކިޔަވައިދޭއިރު ފެކަލްޓީ އޮފް ފައުންޑޭޝަން ސްޓަޑީޒްގެ ދަށުން، ސެޓްފިކެޓް ލެވެލް ތިނެއް އަދި ހަތަރެކުން ހިއުމަން ރިސޯސް މެނޭޖްމަންޓާއި އާލީ ޗައިލްޑްހޫޑް އެޑިއުކޭޝަން އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ކިޔަވައިދެއެވެ.

ކޮވިޑާ ގުޅިގެން މިވަގުތު ހުރިހާ ކޯސްތަކެއް އޮންލައިންކޮށް ހިންގާ އެ ކޮލެޖްގެ ކޯސްތަކަށް އެދި ހުށަހަޅަން ބޭނުންވާ މީހުންނަށް، ކޮލެޖްގެ ވެބްސައިޓުން ފޯމާއެކު ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅޭނެއެވެ.