ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓުގެ ދަށުން ހަދާ ފްލެޓުތަކުގެ މަސައްކަތް އަވަހަށް ނިންމަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ކޮންޓެކްޓަރާއި މަޝްވަރާކުރައްވައިފިއެެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓްގެ މަސައްކަތްތައްދާގޮތް ބައްލަވާލެއްވުމަށް ޝަރީފާއި ބޯޑު މެމްބަރުންގެ އިތުރުން ހައުސިން ކޮމިޓީގެ ބައެއް މެމްބަރުން އިއްޔެ ކުރެއްވި ޒިޔާރަތުގައެވެ.
ސްޓެލްކޯއިން ބުނީ ޝަރީފުގެ މިޒިޔާރަތުގައި އެ ޕްރޮޖެކްޓްގެ މަސައްކަތްތައް ވީއެންމެ އަވަހަކަށް ނިންމާލުމަށް ކުރަންޖެހޭ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކޮށްދިނުމަށް ކޮންޓްރެކްޓަރާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
މިކުންފުނީގެ ހައުސިން ޕްރޮޖެކްޓްގެ މަސައްކަތްތައްދާގޮތް ބައްލަވާލެއްވުމަށް މެނޭޖިންގ ޑިރެކްޓަރ @ShareefRangondi އާއި، ބޯޑު މެމްބަރުންގެ އިތުރުން ހައުސިން ކޮމިޓީގެ ބައެއް މެމްބަރުން ވަނީ މިއަދު ސައިޓަށް ޒިޔާރަތް ކުރައްވާފައި. pic.twitter.com/y4cX905q2L
— STELCO (@STELCOMALDIVES) March 7, 2022
ހުޅުމާލޭގައި ސްޓެލްކޯއިން ހިންގާ ހައުސިން ޕްރޮޖެކްޓަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގަައި ހިޔާ މަޝްރޫއުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. އެ ކުންފުނީގެ ދެ ޓަވަރު އަޅާއިރު އެ މަސައްކަތް ހަވާލު ކޮށްފައިވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ އާއެވެ.
މި މަސައްކަތް ސްޓެލްކޯއިން ހަވާލު ކުރީ 18 މަސްދުވަހުން ނިންމާ ގޮތަށެވެ. ނަމަވެސް އެކި ކަންކަމާހުރެ މަސައްކަތް މަޑުޖެހުނީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!