ފޭސްބުކް މެދުވެރިކޮށް އުރީދޫ ނަންބަރުތަކަށް ރީޗާޖްކުރެވޭ ގޮތާއި އެޑްއޮން ގަނެވޭ ގޮތް އުރީދޫއިން ހަދައިފިއެވެ.

މި ހިދުމަތް ދެނީ އުރީދޫ އާއި ފޭސްބުކްގެ މައި ކުންފުނި، މެޓަ އާ ދެމެސު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

Ad
rt

އުރީދޫން ބުނީ މެެޓަ އާއި އެކު ޕާޓްނާޝިޕް އިިތުރަަށްް ވަރުގަދަކޮށް އީޖާދީ ހައްލުތަކާ އެކު ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި ހިދުމަތް ފޯރުކޮށްދެނީ ފޭސްބުކްގެ ރަސްމީ ޑިޖިޓަލް ޗެނަލްތަކުގެ އިތުރުން އާންމު ބޭނުންތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފޭސްބުކް މެދުވެރިކޮށް ރީޗާޖް ކުރުމަށް ފޭސްބުކްއަށް ލޮގް އިން ކުރުމަށް ފަހު މެނޫ އިހްތިޔާރުކޮށް، ސެޓިން އެންޑް ޕްރައިވެސީ ހިޔާރުކުރުމަށްފަހު، “މޮބައިލް ސެންޓާ-އުރީދޫ މޯލްޑިވްސް ހިޔާރުކުރުމުން ކުރެވޭނެއެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ ފޭސްބުކް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިލޭ ފޭސްބުކް ބޭނުންކުރެވޭ ޓެކްސްޓް އޮންލީ ފޭސްބުކް ވާޝަންވެސް ފަަހިކޮށްދީފައެވެ. މި ހިދުމަތާއެކު، އުރީދޫ ކަސްޓަމަރުންނަށް އެއްވެސް ޑޭޓާ އަކާއި ސަބްސްކްރިޕްޝަނަކާ ނުލައި، ފޭސްބުކް އަދި ފޭސްބުކް މެސެންޖާގެ ބޭސިކް ވާޝަން ބޭނުންކުރެވޭނެއެވެ.

މިއަދު މި ތަައާރަަަފް ކުރި ހިދުމަތާާއެކު ފޭސްބުކް އިން ރިޗާރޖްކޮށް، ޓެކްސްޓް އޮންލީ ވާޝަން އިން ފޭސްބުކް ގެ ފުރިހަަމަަަ ވާޝަންއަށް ބަަަދަލުކޮށް ވީޑިއޯ އަދި ފޮޓޯ ބަަލާާލެވޭނެއެވެ.