ގަތަރުގައި މިއަހަރު ބާއްވާ ފީފާ ވޯލްޑްކަޕުގެ ގްލޯބަލް ކަނެކްޓިވިޓީ ސާވިސް ޕްރޮވައިޑަރަކަށް އުރީދޫ ގްރޫޕް ހަމަޖައްސައިފިއެވެ.

އިރީދޫ އާއި ސުޕްރީމް ކައުންސިލް ފޯ ޑެލިވަރީ އެންޑް ލެގަސީ އާއި (އެސްސީޑީއެލް)އާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން، ޤަތަރުގެ ވެރިރަށް ދޯހާއާއި، އިނގެރޭސިވިލާތުގެ ލަންޑަން، ޖަރުމަނުގެ ފްރެންކްފާޓް އަދި ސިންގަޕޫރު ގުޅާލެވޭނެއެވެ.

Ad
rt

އެގޮތުން، ޤަތަރުގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ކަނެކްޓިވިޓީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، ބައިނަލްއަގުވާމީ 50 މީޑިއާއަކަށް ލައިވް ފީޑާއި ޑޭޓާ ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އުރީދޫ ގަތަރުން ބުނޫ މީގެ ކުރިން އެ ގައުމުގައި ބޭއްވި އެކި ކުޅިވަރު ހަރަކާތްތަކުގައި ވެސް އުރީދޫއިން ރަނގަޅު ހިދުމަތެއް ފޯރުކޮށްދީފައިވާ ކަމަށާއި އެ ކުންފުނިން އިތުބާރު ގާއިމުކޮށްފައި ވާ ކަމަށް ވެސް ބުންޏެވެ.

އެސްސީޑީއެލް އިން ވަނީ މީގެ ކުރިން ވެސް އުރީދޫއާއި އެކު މަސައްކަތެއް ކޮށްފައެވެ. އެހެންވެ އެއީ، ކާމިޔާބު އަދި އިތުބާރު ކުރެވޭ ކުންފުންޏެއް ކަމަށް އެސްޑީއެލް އިން ބުންޏެވެ.