ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 22 އަލްޓްރާ ފޯނުތ ޕްރީއޯޑާ ކުރުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ.
މިއީ 5ޖީ ގެ ހަަަލުވި ސްޕީޑްތައް ތަަޖުރިބާ ކޮށްލެވޭ ފޯނެކެވެ. މި ފޯނު ފަަރުމާކުރެވިފައިވަނީ ސެމްސަންގްގެ އެންމެ ކުރިއަރާފައިވާ، ކެމެރާ ސިސްޓަމާއެކު، ދުވާލު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެންމެ ފުރިހަމަ ފޮޓޯ އަދި ވީޑިއޯ ކުރެވޭ ގޮތަށެވެ.
ރީތި ކުލަތަކާއި، ކެމެރާާ ލެންސް ރިންގާއި، ޒީނަތްތެރި ފްރޭމް އަދި ސްލިމް ޑިޒައިނުން ގެލެކްސީ އެސް 22 އަަލްޓްރާާ އަށް ވަނީ އިތުރު ފުރިހަމަަ ކަަމެއް ގެނުވާފައެވެ.
އުރީދޫ އިން ޕްރީއޯޑަ ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ ފޯނަކާއެކު ހަ މަސް ވަންދެން، ކޮންމެ މަހަކު 10 ޖީބީ ހިލޭ ޑޭޓާ ލިބޭނެއެވެ. މި ޑޭޓާ ލިބިވަަޑައިގަންްނަވާނީ ފޯނަށް އެންމެ ފުރަަތަމަަ ލެއްވޭ އުރީދޫ ސިމަށެވެ.
ބޯނަސް ޑޭޓާގެ އިތުރުން ޕްރީ އޯޑަ ކަސްޓަމަަރުންނަށް ގެލެކްްސީ ބަޑްސް 2 ވެސް ހިލޭ ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
މި ފުރުސަތާއެކު އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް މިއަހދުން ފެށިގެންމި މަހުގެ 18 އާ ދެމެދު ޕްރީއޯޑަ ކުރެވޭނެއެވެ.
ޕްރީއޯރޑަރ ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ފޯނުތައް އުރީދޫ އިން ގެންގޮސްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!