މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އެސްޓީއޯގެ ދަށުން ވަކިކުރަން ނިންމައިފިއެވެ.

މި މަސްތެރޭގައި އެ ކުންފުނި ވަކި ކުންފުންޏެއް ގޮތަށް ބަދަލު ކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. މިހާރު ކުރަނީ މިކަމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ މިފްކޯ އެސްޓީއޯގެ ދަށުން ވަކިކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އަމިއްލައަށް ހިންގާ ކުންފުންޏަކަށް މިއަހަރު ބަދަލުކޮށް މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި މިފްކޯ ހަމަޖައްސާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެއީ ކުންފުނީގެ ދަރަނި އިތުރުވުމުގެ ސަބަބުން ގެނައި ބަދަލެކެވެ.