ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުޣުނީ ވަކި ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް އަހްމަދު ޝަރީފު އެ މަގާމަށް އައްޔަން ކޮށްފިއެވެ.

ތިލަދުން އަށް އެނގިފައިވާ ގޮތުގައި މަގާމު ބަދަލު ކުރިކަން އަންގައި މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައި މިއަދުން މިއަދަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ވަނީ ބުނެފައެވެ.

Ad
rt

މިދިޔަ އަހަރު ވެސް ޝަރީފު އީސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމުން އޭނާއަށް މަގާމު ދެއްވަން އުޅޭ ކަމުގެ ވާހަކަތައް ދެކެވުނެވެ. ބެލެވޭ ގޮތުގައި އޭނާ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ މާދަމާއެވެ.

މުޣުނީ މަގާމުން ވަކި ކުރެއްވުމަށްފަހު އައްޔަންކުރައްވާނެ ތަނެއް އަދި ބުނެފައެއް ނުވެއެވެ. ނަމަވެސް އޭނާއަށްވެސް ސަރުކާރުގެ އިސް މަގާމެއް ދެއްވާނެ ކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.

މުޣުނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސްޓެލްކޯގައި މަސައްކަތް ކުރަން ދެއްވި ފުރުސަތަށް ރައީސަށާއި ގާސިމް އިބްރާހިމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސްޓެލްކޯއަށް ވެސް ފާގަތި ކުރިމަގަކަށް ވަނީ އެދިފައެވެ.