ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ ކުންފުންޏާ ހަވާލުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އެއްބަސްވުމުގައި ވިލާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ގާސިމް އިބްރާހިމްއެވެ.

Ad
rt

ވިލާ ކުންފުންޏާ ކާޑެއްދޫ އެއާޕޯޓްގެ ހިންގުން ހަވާލުކުރީ، ކޯޓުން އެ ގޮތަށް ނިންމާފައިވާތީއެވެ.

ވިލާގެ އަތުން ކާޑެއްދޫ އެއާޕޯޓު އަތުލާފައިވަނީ 2017ވަނަ އަަހަރުއެވެ. އޭގެ ފަހުން އެއާޕޯޓް ހިންގީ ރީޖަނަލް އެއާޕޯޓްސް އިންނެވެ.

ކާޑެއްދޫ އެއާޕޯޓު ހިންގުން 2013 ވަނަ އަހަރު ވިލާ ކުންފުންޏާ ހަވޅަު ކުރީ 50 އަހަރުގެ މުއްދަތަކަށެެވެ.