ޔޫކޭގެ ޝެވެނިން ސްކޮލާޝިޕްގެ ދަށުން ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ސްކޮލަޝިޕް ހޯދައިދޭން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ކެރޮން ރޮސްލާއެވެ. މަޓީގެ ފަރާތުން ސޮއިކުރެއްވީ ސެކެޓްރީ ޖެނެރަލް އަހުމަދު ނަޒީރެވެ.
މި އެއްބަސްވުމުގެ ދަށުން، ފަތުރުވެރިކަމުތެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދިވެހިންނަށް ޔޫކޭގެ ޔުނިވާސިޓީތަކުން މާސްޓާސް ޓިގްރީ ޕްރޮގްރާމްތަކަށް ސްކޮލަޝިޕް ލިބޭނެއެވެ. މި ސްކޮލަޝިޕްތައް ދޫކުރަނީ 2022/2023 އާއި 2023/2024 ގެ ކޯސްތަކަށެވެ.
ޝެވެނިން ސްކޮލަޝިޕް ޕްރޮގްރާމަކީ ޔޫކޭ ސަރުކާރުން މުޅި ދުނިޔެއަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ސްކޮލަޝިޕް ދެނީ ތައުލީމީ ފެންވަރު ރަނގަޅު، ލީޑާޝިޕް ކޮލިޓީ ހުންނަ ދަރިވަރިންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!