މި އަހަރުގެ ރޯދަމަހާ ދިމާކޮށް، މިފްކޯއިން "އެންމެ މީރު" ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.
މިއަދު މިފްކޯ މަސް ފިހާރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 31 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގެ ގުރުއަތުން އެއްވަނަ އަށް ހޮވޭ މީހަކަށް 100،000ރ. ވްނީ ހުށަހަޅައިފައެވެ. އަދި ކޮންމެ ހަފުތާއަކު ހޮވާ ނަސީބުވެރިއަކަށް 5،000ރ. ގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބޭނެ އެވެ.
މިފްކޯގެ ހަ ފިހާރައެއްގައި ހިންގާ މި ޕްރޮމޯޝަނުގައި އެ ފިހާރަތަކުން 200ރ. އިން މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މާލޭގައި ހުންނަ މިފްކޯގެ ދެ ފިހާރައިގަ އާއި ހުޅުމާލެ ފިހާރަ އާއި އައްޑު އާއި ކޫއްޑޫ އަދި ފެލިވަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!