ސްޓެލްކޯ އިން ކުރިއަށް ގެންދާ "ސޭވް އެނާޖީ ކެމްޕެއިން"ގެ ދަށުން ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
މި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާ ހަވީރު 4:30 އިން އިރުއޮއްސި 6:30 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
މި ހަވީރުގައޖ ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު އެކި ހަދިޔާތައް ލިބޭ ކުޅިވަރުތައް ކުރިއަށަދާނެއެވެ. އަދި، ރޮބޯމޭންގެ ހުށަހެޅުންތައްވެސް ފެންނާނެއެވެ.
ދުވަހުގެ ހަރަކާތާ ގުޅުވައިގެން އޭނާޖީ ސޭވިން އެލްއީޑީ ބޮކި ވެސް ހަވީރުގައި ބައިވެރިވާ މީހުންނަށް ލިބޭނެއެވެ.
ސޭވް އޭނާޖީ ކެމްޕޭނަކީ މި އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރާ ދިމާކޮށް، ކަރަންޓު އިގްތިސާދު ކުރުމަށް ބާރު އެޅުމުގެ ގޮތުން ސްޓެލްކޯ އިން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ކަރަންޓް އިގުތިސާދު ކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ބާއްވައި މޮޅުވާ ފަރާތަކަށް ފައިސާގެ އިނާމު ދިނުމާއި ސޯޝަލް މީޑިއާގައި ހޭލުންތެރިކަން އިތުރުކުރުމާއި އައުޓްޑޯ ބިލްބޯޑުތަކެއް ބެހެއްޓުމާއި އަދި ސްޓެލްކޯގެ މާޓީވީގެ ބޮޑު ސްކްރީނުގައި ހޭލުންތެރިކުރުވުމަށް ކުލިޕްތަކެއް ދެއްކުން ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!