ސްރީ ލަންކަން އެއާލައިނުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރާ މީހުން، މަންޓާ އެއާ މެދުވެރިކޮށް ދެކުނުގެ އެހެން ބައެއް މަންޒިލްތަކަށް ދަތުރުކުރެވޭ ގޮތް ހަދައިިފިއެވެ.
މި ހިދުމަތާ އެކު ސްރީ ލަންކަން އިން ގަމަށް ދަތުރު ކުރާ މީހުންނަށް މަންޓާ އެއާ މެދުވެރިކޮށް ގއ. ކޫއްޑޫ އަށް ދަތުރު ކުރެވޭނެއެވެ. މިއާއެކު އެއާޕޯޓުގައި ފަސިންޖަރުން ހޭދް ކުރަން ޖެހޭ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވާނެއެވެ.
ސްރީ ލަންކަންގެ ރީޖަނަލް މެނޭޖަރު ޖަޔަންތާ އަބޭސިންހަ ވިދާޅުވީ އެ އެއާލައިނުން މި ހިދުމަތް ފަށަން އުޅޭތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މިހާތަނަށް އެކަން ނުވެ އޮތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްރީލަންކަން އިން ލަންކާއިން ގަމަށް ސީދާ ދަތުރުތައް ފަށާނީ އަންނަ މަހުގެ ފަހުކޮޅުގައެވެ. އެގޮތުން، ހަފުތާއަކު ދެ ދަތުރު ކުރާނެއެވެ. މި އަދަދު އިތުރު ކުރަން މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޖަޔަންތާ ވިދާޅުވިއެވެ.
މި ހިދުމަތާއެކު ކޮންމެ ހޮނިހިރު ދުވަހަކު ގަމަށް ދަތުރުކުރާ ސްރީ ލަންކަން އެއާލައިނުން ދަތުރު ކުރާ މީހުންނަށް މަންޓާ އެއާ އިން ކޫއްޑޫގެ ކަނެކްޝަން ވަގުތުން ލިބޭނެއެވެ.
މަންޓާގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ ގިނަ ޓޫރިސްޓުންނަށް ރާއްޖޭގެ ދެކުނަށް ދަތުރުކުރުމުގައި ދިމާވާ ދައްޗަކީ ކަނެކްޓިވީ ކަމަށްވާްިރު، މި ދަތުރުތައް ފެށުމާ އެކު ދެކުނުގެ ޓޫރިޒަމަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!