ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެއާ ޓްރެފިކް މޫވްމެންޓުގެ އާ ރެކޯޑެއް ހަދައިފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްްޔެ 839 އެއާ ޓްރެފިކް މޫވްމަންޓް ވަނީ ރެކޯޑު ކޮށްފައެވެ.
އެންމެ ފަހުން މިފަދަ ރެކޯޑެއް ހެދުނީ ޖެނިއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހު 826 އެއާޓްރެފިކް މޫވްމަންޓް ވަނީ ރެކޯޑް ކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެ އެކަނިވެސް 210 މަތިންދާ ބޯޓު ވީއައިއޭގެ ރަންވޭ ބޭނުންކޮށްފައިވެއެވެ. އަދި 629 ސީޕްލޭން މޫވަމަންޓް ވަންީ ރެކޯޑް ކޮށަފައެވެ. މި ދުވަސްވަރު ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ ދުވަހު ރާއްޖެ އާދެއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު ދުވާލަކަށް އެވްރެޖުކޮށް 4،901 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރެއެވެ.
ރާއްޖެއަށް އެންމެ ގިނައިން މިދުވަސްވަރު ފަތުރުވެރިން އަންނަނީ ރަޝިޔާ އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!