ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރަމުން އަންނަ މޯލްޑިވްސް ގޭސްގެ މޮބައިލް އެޕްލިކޭޝަން ލޯންޗް ކޮށްފި އެވެ.
މީގެ ދެދުވަސް ކުރިން އެކުން ފުނީގެ މުވައްޒަފުންގެ ފޭސްބުކް އަދި އެހެނިހެން ސޯޝަލް މީޑިއާ ގެ ޕްރޮފައިލް ގެ ފޮޓޯތަކުގައި ސުވާލު މާކުތަކެއް ހިމެނޭހެން ކޮށްފައިވާ ޕޯސްޓްތަކަކީ މޮބައިލް އެޕްލިކޭޝަން ޕްރޮމޯޓް ކުރުމަށް ހިންގި ކެމްޕެއިންއެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެކުންފުނިން މީސްމީޑިޔާގައި ބޭނުން ކުރަމުން އަންނަ ރަސްމީ ޗެނަލްތަކުގައި ބުނެފައިވަނީ މޮބައިލް އެޕްލިކޭޝަން ތަޢާރަފް ކޮށްފައިވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ޚިދުމަތްތައް އެންމެ ގާތުން ދިނުމަށްކަމަށެވެ. އެކުންފުނީގެ މޮބައިލް އެޕްލިކޭޝަން މިހާރު އެޕަލް ސްޓޯރ އަދި ގޫގުލް ޕްލޭއިން ޑައުންލޯޑް ކުރެވޭނެ އެވެ.
އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށްފަހު ރެޖިސްޓްރީ ވާން ޖެހޭނެ އެވެ. ފޯނު ނަންބަރ ޖެހުމަށް ފަހު ފޯނަށްލިބޭ އޯޓީޕީ ބޭނުންކޮށްގެން ފަސޭހައިން ރެޖިސްޓްރީ ކުރެވެއެވެ.
އަލަށް ތަޢާރަފް ކުރެވިފައިވާ އެޕްލިކޭޝަންގައި އަލަށް ރެޖިސްޓަރ ވުމާއި ކުރިން ރެޖިސްޓަރ ކޮށްފައިވާ ކަސްޓަމަރުންގެ ޔޫސަރ އެޑް ކުރެވޭނެ އެވެ. ޔޫސަރ އެޑްކުރުމަށް ބޭނުންވަނީ ބިޒްނަސް އައިޑީ އާއި ކަސްޓަމަރ ކޯޑް އެވެ. އޮންލައިންކޮށް ގޭސްފުޅިއަށް އޯޑަރ ކުރެވޭނެ އެވެ. ގޭސްފުޅި އަށް އޮޑަރ ކުރުމަށް ޔޫސަރ އެޑް ކުރެއްވުމަށްފަހު އެޑްރެސް ސެލެކްޓް ކުރުމަށްފަހު ބޭނުންވާ ގޭސް ފުޅީގެ ސައިޒް ނުވަތަ ގޭސް ފުޅި ސެލެކްކުރުމަށް ފަހު ކޮންފާރމް ކޮށްލުމުން ގޭހަށް އޯޑަރ ކުރެވުނީ އެވެ.
މި އެޕްލިކޭޝަން އިން ކުރިން ކޮށްފައިވާ އޯޑަރތަކުގެ ހިސްޓްރީވެސް ފަސޭހައިން ބަލާލެވޭނެ އެވެ. މީގެ އިތުރުން ސަޕޯޓް ފީޗަރއެއްވެސް ހިމަނާފައިވެއެވެ. މިއެޕްލިކޭޝަން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ބޭނުން ކުރެވޭނެ ކަމަށެވެ.
މިއެޕް ލޯންޗް ކުރުމާއި ގުޅިގެން އެކުންފުނިން ހުޅުމާލޭގައި ވަނީ އިވެންޓްއެއް ކުރިއަށް ގެންގޮސްފަ އެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޮބޯ މޭންގެ ޕާރފޯމަންސް އާއި އެކު ކުރިއަށް ގެންދިޔަ ސަރަހައްދުގައި އާންމުންގެ ފޯނުތަކަށް އެޕްލިކޭޝަން އެޅުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
އެސްޓީއޯ ހިއްސާވާ މޯލްޑިވްސް ގޭސް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި، އެކި ބޭނުންތަކަށް ބޭނުންވާނެ ގޭހުގެ އެކި އާ ބާވަތްތަކެއް ރާއްޖެ އެތެރެކޮށް އަތްފޯރާ ފަށުގައި ވިއްކަމުން އަންނަ ކުންފުންޏެވެ.
ގޭސް ފުޅިއަކަށް އޯޑަރ ކުރުމަށް އެންމެ ފަސޭހަ އިންތިޒާމްތައް ހަމަޖެހިފައިވަނީ މޯލްޑިވްސް ގޭސް އިންނެވެ. އެ ކުންފުނީގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން އޮންލައިންކޮށް ގޭހަށް ފައިސާ ދެއްކޭ އިންތިޒާމު، އެ ކުންފުނީގެ ވެބްސައިޓު maldivegas.com/order އަށް ޒިޔާރަތް ކުރުމުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އެވެ.
އެސްއެމްއެސް ކޮށްގެން ގޭސް ފުޅި އަށް އޯޑަރު ދިނުމުން ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް މޯލްޑިވް ގޭސް އިން ހަމަޖައްސާފައިވެއެވެ. މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުން އެ ކަސްޓަމަރެއްގެ ކޯޑާއި އައިޑީ ކާޑު ނަންބަރު އަދި އައިޓަމް ކޯޑު ޖެހުމަށް ފަހު 7201616 އަށް އެސްއެމްއެސް ކުރުމުން އޯޑަރު ކުރެވޭނެ އެވެ.
ގޭސް އޯޑަރ ކުރާ ކޯޑް ނޭންގޭ ފަރާތްތަކުން އެ ނަންބަރ އަށް އެސްއެމްއެސް ކުރުމުން ކޯޑް ލިބޭނެ އެވެ. އަދި އިތުރު އެހީއެއް ބޭނުންވާ ނަމަ "ހެލްޕް" ޖެހުމަށް ފަހު އެސްއެމްއެސް ކުރުމުން އެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ރީ-އޯޑާ ކުރާ ކަސްޓަމަރުން، އެ މީހެއްގެ ކޯޑާއި އައިޑީ ކާޑު ނަމްބަރު އެކަނި ފޮނުވުމުން ވެސް ގޭސް ފުޅި އަށް އޯޑަރު ކުރެވޭނެ އެވެ.
އެންޑްރޮއިޑް ފޯނުތަކަށް ގޫގުލް ޕްލޭއިން އެޕް ޑައުންލޯޑްކުރުމަށް:
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!