ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން އޭސީތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ “ފިނި ފިނި ހިޓާޗީ” ޕްރޮމޯޝަން މިއަހަރުވެސް ފަށައިފިއެވެ.
މިއީ އެ ކުންފުނިން ވިއްކާ ހިޓާޗީ ބްރޭންޑުގެ އޭސީތަކަށް ހާއްސަކޮށްގެން ހިންގާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަނުގެ ދަށުން ހިޓާޗީ އޭސީ ގަންނަ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓުތަކެއް ލިބޭނެއެވެ.
މީގެ އިތުރުން މި ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުންނަށް އިނާމު ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން، 10 ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް 10،000ރ. ވައުޗަރެއް ލިބޭނެއެވެ.
Drop by @STO_HomeImp and enjoy this chill offer! ❄️☺️ https://t.co/4cdazCDyku
— STO (@stoplc) February 15, 2022
މި ޕްރޮމޯޝަން ކުރިއަށްދާނީ އޭޕްރިލް މަހުގެ ނިޔަލަށެވެ. އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި ރީޖަނަލް ފިހާރަތަކުގައި ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!