ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މަޝްރޫއުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ 99 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން، އޯޕީޑީ އިމާރާތެއް އެޅުމާއި، ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމާއި، އިމަޖެންސީ ރޫމް އިމާރާތް ރެނޮވޭޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މަޝްރޫއުގެ މަސައްކަތުގެ 82 ޕަސެންޓް ނިމިއްޖެ. އަދި އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ 99 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި.#MTCCProjects #RayyithungeKunfuni pic.twitter.com/A5Xzpzm5Lr
— MTCC Plc (@MTCCPlc) February 10, 2022
މިއީ 33.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!