ރ. ރަސްމާދޫ ބަނދަރުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށްބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިދިޔަ ހޮނިހހިރ ދުވަހު ވަނީ ނިމިފައެވެ. އަދި ބޭރުތޮށި ލުމުގެ 82 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ހާބަރު ޕޭވްމަންޓް ހެދުމުގެ 69 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެއެވެ.

މިއީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.