ށ.ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ހަދަން ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުހައްމަދެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ.
ފެނަކައާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ ހަ މަސްދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތް ހަވާލު ކުރި އަގު މިނިސްޓްރީން ހާމަ ކޮށްފައި ނުވެއެވެ.
މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސްޕްލާންޓުތަށް ދަނީ ތަރައްގީ ކުރަމުންނެވެ. އެގޮތުން އިތުރު 13 އައިސްޕްލާންޓުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!