ދިވެހިންނަށް ވިސާ ނެތި ތުރުކީއަށް ދަތުރު ކުރެވޭ ގޮތަށް އެއްބަސްވުމެއް ގާއިމްކުރަން ދެ ގައުމުން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު މެވްލޫތް ޝަވްޝަގްލޫއާއެކު މިއަދު ބޭއްވި މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޝާހިދު ވިދާޅުވީ މިހާރުވެސް ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރުމަށް އީ-ވިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ވިސާ-ފްރީ އެއްބަސްވުމެއް އެކުލަވާލުމަށް ތުރުކީވިލާތަށް ހުށަހެޅުއްވިކަމަށްވެސް ވިދާޅުވިއެވެ.

Ad
rt

ޝާހިދު ވިދާޅުވީ ތުރުކީވިލާތުގެ ސަރުކާރުން އެއްބަސްވެ، ވިސާ ނެތި ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

މިއަދު ރާއްޖެ އާއި ތުރުކީ އާ ދެމެދު ފަސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ . އެއީ
– އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން
– މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން އެގްރިކަލްޗަރަލް ކޯޕަރޭޝަން
– މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އިން ދަ ފީލްޑް އޮފް އެންވަޔަރަންމަންޓް
– މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ފޯ ކޯޕަރޭޝަން ބިޓްވީން ދަ ޑިޕްލޮމެސީ އެކެޑަމީ އޮފް ތުރުކީ އެންޑް ދަ ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އޮން ޑިޕްލޮމެޓިކް ޓްރެއިނިން އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން އެންޑް ޑޮކިއުމެންޓޭޝަން
– އެގްރީމަންޓް އޮން ކަލްޗަރަލް ކޯޕަރޭޝަން