ފ.މަގޫދޫ ބިންހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މަގޫދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓް އަޅާ ބިން ހިމެނޭ ގޮތަށް، މި މަޝްރޫޢުގެ ދަށުން 47.8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 3339 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ 206.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން އަންނަނީ މިހާރުވެސް ރާއްޖޭގެ އެކި ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންނެވެ. މީގެ ތެރޭގައި ބިން ހިއްކުމާއި ބަނދަރު ހެދުމާއި މަގު ހެދުން ފަދަ މަސައްކަތްތައް ވެސް ހިމެނެއެވެ.