އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއު ނިމެން ކައިރިވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތުގެ 92 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މިހާރުހުރި ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތް މި މަހުގެ 12 ވަނަ ދުވަހު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން،19,630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ބޭރުތޮށި ލުމާއި، 136 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
އަދި 138.73 މީޓަރުގެ ޖެޓީއެއް ހަދައި، 580 އަކަ މީޓަރުގެ ޕޭވްމަންޓެއްވެސް ހަދާނެއެވެ.
އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 92 ޕަސެންޓް ނިމިއްޖެ. އަދި މިހާރުހުރި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތައް 12 ޖެނުއަރީ 2022 ވަނަ ދުވަހު ވަނީ ފަށާފައި.#MTCCProjects #RayyithungeKunfuni pic.twitter.com/9IcevBZsxz
— MTCC Plc (@MTCCPlc) January 19, 2022
މިއީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!