އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގައި އަންހެން ސިންގަލްސް ބައިން އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ދަތުރުކޮށްފިއެވެ.

6.1 މިލިއަން ރުފިޔާގެ ބޮޑު ހަރަދަކާއިއެކު ޔޫތް މިނިސްޓްރީން އައްޑޫ ސިޓީގައި މުޅިން އަލަށް ބިނާކުރި އޭޝިއާގެ ބެޑްމިންޓަން ޓްރެއިނިންގް އެޕްރޫވަލް ކޯޓުގައި ފަށައިގެން ކުރިޔަށް މި މުބަރާތުގައި އަންހެން ބައިގައި ވާދަ ކުރި ނަބާހާ ޕާކިސްތާނުގެ އަމާލްއާ ވާދަކުރި މެޗުން އޭނާ ކުރި ހޯދީ 1-2 އިންނެވެ.

Ad
rt

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ސެޓުތައް ދިޔައީ 21-14، 19-21 އަދި 21-17 އިންނެވެ. މި ބައިގައި ނަބީހާ ކުޅުނު މެޗުން ވަނީ ފަހަތުން އަރައި ނޭޕާލުގެ ޖެސިކާ ގުރުން ބަލިކޮށްފަ އެވެ. އޭނާ އަކީ އެންމެ ފަހުން މޮރިޝަސްގައި އޮތް އައިއޯއައިޖީ އިވެންޓުގެ ސިންގަލްސް ބައިން ރަން މެޑަލް ހޯދި ކުޅުންތެރިޔާކަންވެސް ފާހަގަކުރެވެއެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗްގައި އަންހެން ސިންގަލްސް ބައިގައި ޕާކިސްތާނުގެ މެހެވިސް ހާންއާ ނަބީހާ ބައްދަލުކުރާއިރު، ނަބާހާ ކުޅޭނީ ލަންކާގެ ހަސީނީ ނުސާކާއާ އެވެ.

މީގެ އިތުރުން އަންހެން ޑަބަލްސް ޕެއާގައި ނަބީހާ އާއި ނަބާހާގެ ޕެއާ ކުޅޭ މެޗު ވެސް މިއަދު އޮންނާނެއެވެ. ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ މީގެ ކުރިން އޮތް ދެކުނު އޭޝިއާގެ ދެ މުބާރާތުގައި މި އިވެންޓުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދީފަ އެވެ.