ރާއްޖެއަށް މިއަހަރު ބޭނޭނީ 47،195 ޓަނުގެ ކަންނެލި ކަމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ކަނޑައަޅައިފިއެވެ.

މިއީ އެ އިދާރާއިން މި އަހަރު އޭޝިއާ ސަރަހައްދުން ކަންނެލީގެ މަސްވެރިކަމުގެ އެންމެ ބޮޑު ކޯޓާއެވެ. އެންމެ ބޮޑު ކޯޓާއެއް ކަނޑައަޅާފައިވަނީ އީޔޫ އަށެވެ. އެއީ 73،146 ޓަނެވެ.

Ad
rt

ރާއްޖެއިން 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެވްރެޖުކޮށް ބާނާފައިވަނީ 47،000 ޓަނުގެ ކަންނެއްޔެވެ. އެކަމަކު 2020 ވަނަ އަހަރު ބޭނީ 42،000 ޓަނެވެ.

ގައުމުތަކަށް ކަނޑައެޅި ލިމިޓްތައް

ޕާކިސްތާން: 14،000 ޓަނު

ތައިލެންޑް: 2،000

ސީޝެލްސް: 30،000

ބަންގްލަދޭޝް: 2،000

މޮރީޝަސް: 10،490

ޗައިނާ: 10،557

ގައުމުތަކުން ކަންނެލި ބާނާވަރު އައިއޯޓީސީން ލިމިޓްކުރަން ގަރާރެއް ފާސްކުރީ މިދިޔަ އަހަރުއެވެ. މި ގަރާރަށް އެއްބަސްނުވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސޯމާލިއާ، އޮމާން، މަޑަގަސްކާ އަދި އިންޑޮނީޝިއާ ހިމެނެއެވެ.