އޮންލައިންކޮށް ވިޔަފާރި ކުރަން އެސްޓީއޯއިން އެދިއްޖެއެވެ.
އެސްޓީއޯއިން މިހެން އެދުނީ ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާތީއެވެ. އޮންލައިންކޮށް ވިޔަފާރި ކުރުމުން ގޭގައި ތިބެގެން އެއްވެސް ބަޔަކާ ބައްދަލު ނުވެ ވިޔަފާރި ކުރެވޭނެއެވެ.
އެސްޓީއޯއިން ވަނީ 2020 ވަނަ އަހަރު ކޯވިޑާ ގުޅިގެން ރައްކާތެރިކަމާއެކު ވިަޔފާރި ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އޮންލައިން ފިހާރައެއް ހުޅުވާފައެވެ. އެސްޓީއޯ އީ ސްޓޯރުން އެ ކުންފުނީގެ ސުޕަމާޓުންނާއި ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ސާމާނާއި ކާޑުގެ ބާވަތްތައް ލިބެން ހުންނާނެއެވެ.
އީސްޓޯރުން ވިޔަފާރި ކުރުމުން މާލެއާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.
ރާއްޖޭގައި ފާއިތުވު ހަފުތާ ތެރޭގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެ ރާއްޖޭން 954 މީހުންނަށް ބަލި ޖެހުނު އިރު މީގެ ތެރޭގައި 514 ކޭސް އަކީ މާލެ ސަރަހައްދުން ފެނުނު ކޭސްތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!