ގދ.ތިނަދޫ އިންޑަސްޓްރިއަލް ޒޯނުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފިއެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް އަހުމަދު ތޮލްހަތުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި މަޝްރޫއުގެދަށުން 219،595 އަކަ މީޓަރުގެ ސަަރަހައްދެއް ހިއްކާނެއެވެ. އަދި، 1336 މީޓަރު ރިވެޓްމަންޓް ޖަހައި ތިނަދޫ ހުޅަނގު ދެކުނު ފަރާތުގެ468 މީޓަރު ރިވެޓްމަންޓް ޖެހުމާއި، 284 މީޓަރު އެއްގަމު ތޮށިލުމާއި ކޮންކްރީޓް ބްރިޖެއް އެޅުމުގެ މަސައްކަތް ކުރާނެއެވެ.
މި ބްރިޖަކީ ހިއްކާ ސަރަހައްދާއި ތިނަދުއާ ގުޅުވާލާ ބްރިޖެކެވެ.
އެމްޓީސީސީއާ މި މަޝްރޫއު ހާވާލުކޮށްފައިވަނީ، 125 މިލިއަން ރުފިޔާއަށް 660 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!