ށ. ކޮމަންޑޫގައި އަލަށް އިމާރާތް ކުރި އިންޖީނުގެ ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

މިއާއެކު އެ ރަށުގެ ރައްޔިތުންނަށް 32 އަހަރަށްފަހު ހިތް ފަސޭހަކަން ލިބުނީއެވެ. މިއީ އެ ރަށުގެ ރައްޔިތުންގެ އެތައް އަހަރެއްވަންދެން އެދެމުން އައި ކަމެކެވެ.

Ad
rt

އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށުމާއެކު ރަށޔ ތެރޭގޤި ހުރި ބާ އިންޖީނުގެ ވަނީ ނިއްވާލާފައެވެ. އެކަމަށް އިއްޔެ ބޭއް ރަސްމިއްޔާތުގައި އިންޖީނުގެ ނިއްވާލަދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ ރައްޔިތުން ދިރިއުޅޭ ގެތަކާއި އިންވެގެން ހިންގާތާ 32 އަހަރު ވީ ކޮމަންޑޫ ޖެނެރޭޓަރްގެ މިހާރު ނިއްވާލާފައިވާކަމަށާއި، އަދި އާ އިންޖީނުގެއިން ރައްޔިތުންނަށް ކަރަންޓު ދޭން ފެށިފައިވާކަމަށެވެ.

އަދި މިކަމުގެ ސަބަބުން ކޮމަންޑޫ ރައްޔިތުން 32 އަހަރު ވަންދެން ތަހައްމަލު ކުރި ދަތި އުނދަގޫ ނިމި، ރައްޔިތުންނަށް އުފާ ވެރިކަމާއި ހިތް ފަސޭހަކަން ލިބިގެން ހިނގައްޖެކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމަންޑޫގައި އައު އިންޖީނުގެއެއް އިމާރާތްކޮށް ހިދުމަތްދޭން ފަށާފައިވާއިރު، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް އަޕްގްރޭޑްކުރުން ނުވަތަ މުޅިން އަލަށް އިންޖީނުގެތައް އެޅުމުގެ މަސައްކަތް ފެނަކައިން ދަނީ ކުރަމުންނެވެ.