ހދ. ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން، 398 މީޓަރުގެ ބޭރުތޮއްޓެއް ލައި، 103 މީޓަރުގެ ގްރޮއިންސް ޖަހައި، 204 މީޓަރުގެ އެއްގަމުތޮއްޓެއް ވަނީ ލައިފައެވެ. އަދި، 1812 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
މިއީ 55.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
We have completed Hdh. Nellaidhoo Harbor Development Project on 30th Dec 2021. The value of the project is MVR 55.4 million.#MTCCProjects #RayyithungeKunfuni pic.twitter.com/zmKoeAgHUT
— MTCC Plc (@MTCCPlc) January 4, 2022
ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ތަރައްގީ ކުރުމުގެ 26 މަޝްރޫއެއްގެ މަސައްކަތް ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!