އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާ މެދުވެރިކޮށް ސޮލަރެލް އިންޝުއަރެންސަށް ފައިސާ ދެއްކޭގޮތް ހަދައިފިއެވެ.
އުރީދޫ އިން ވަނީ މިކަން އިއުލާނުކޮށް އެ ކުންފުންޏާއެކު މިއަދު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީޕް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުއެވެ.
ސޮލަރެލްއަކީ ގިނަ ބާވަތްތަކުގެ އިންޝުއަރެންސް ފޯރުކޮށްދޭ ކުންފުންޏެކެވެ. މީގެ ތެރޭގައި ހެލްތާއި މެރިން އާއި ފަޔާ އާއި ޕްރޮޕަޓީ އާއި މޮޓޯ ފަދަ މުހިންމު އިންޝުއަރެންސްތައް ވެސް ހިމެނެއެވެ.
މި އިންޝުއަރެންސްތައް ނަގަން ނުވަތަ ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެމްފައިސާގައި ސޮލަރެލްއަށް ހާއްސަކޮށްފައިވާ ބައިން ބޭނުންވާ އިންޝުއަރެންސްއެއް ހިޔާރު ކުރުމަށްފަހު ފައިސާ ދެއްކޭނެއެވެ.
Pleased to announce our partnership with @SolarelleIns that provides all types of insurance including Health, Marine, Fire, Property, Motor & more.
You can now easily pay your Solarelle bills via #mFaisaa from wherever, whenever.
Register to m-Faisaa: https://t.co/XgVUPeaxJT pic.twitter.com/g8JfEbQ0ZV
— Ooredoo Maldives (@OoredooMaldives) January 4, 2022
އެމްފައިސާއަކީ އުރީދޫއިން ތައާރަފު ކުރި ޑިޖިޓަލް ވޮލެޓެކެވެ. މި ވޮލެޓުން ގިނަ އަދަދެއްގެ ހިދުމަތްތަކަށް މިހާރުވެސް ފައިސާ ދެއްކޭނެއެވެ.
ބީއެމްއެލް އާއި އެމްއައިބީ އަދި އެސްބީއައި އެކައުންޓުތަކުން އެމްފައިސާ ވޮލެޓަށް ކޭޝް އިން ކުރެވޭނެއެވެ. އެމްފައިސާ ބޭނުން ކުރަން ބޭނުން ކުރަން ބޭނުންވާ މީހުންނަށް އުރީދޫގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!