ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެ ކުންފުނީގެ ހޯލްސޭލް ސެންޓަރު ބަދަލު ކުރަން ނިންމައިފިއެވެ.
ހޯލްސޭލް ސެންޓަރު މިހާރު ހުންނަނީ އެސްޓީއޯ ސުޕަމާޓު އިމާރާތުގެ ފަހަތުގައެވެ. މި ސެންޓަރު ބަދަލު ކުރަނީ އެސްޓީއޯގެ އެގްރިސެންޓަރަށެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މި ބަދަލު ގެންނާނީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މި ބަދަލު ގެނައި ނަމަވެސް އެގްރިސެންޓަރުން ދެމުން އަންނަ ހިދުމަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދެއެވެ. އެގްރިސެންޓަރަކީ ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމައަގު ހޯދައި އެ ތަކެތި ބާޒާރުގައި ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވި ތަނެކެވެ.
އެސްޓީއޯ ހޯލްސޭލް ސެންޓަރުން ގިނަ އަދަދެއްގެ ސާމާނު ލިބެން ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!