ހުޅުމާލޭގައި އިމާރާތް ކުރާ ފުލުހުންގެ ފްލެޓުތައް ނިންމަން ޕްލޭނިން މިނިސްޓްރީން ބަޔަކާ ހަވާލު ކޮށްފިއެވެ.

އެ މިނިސްޓްރީން މި މަސައްކަތް ހަވާލު ކުރީ އަމީން ކޮންސްޓަރަކްޝަނާއެވެ. އެ ކުންފުންޏާ ހަވާލު ކުރީ ފްލެޓުތަކުގެ ނުނިމި ހުރި މަސައްކަތް ކުރުމަށެވެ.

Ad
rt

މި މަޝްރޫއު އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކުރީ 274.55 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.

ފުލުހުންގެ ޕޮލްކޯ ފްލެޓުތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށް އިމާރާތް ކުރާ ފްލެޓުތަކެކެވެ.

މި ފްލެޓުތަކުގެ މަސައްކަތް ލަސްވުމުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.